ހަށިގަނޑުގެ ތެރެއަށް މަސްތުވާތަކެތި ދިރުވާލައިގެން އިންޑިޔާއިން މާލެ އައި ދިވެއްސަކު އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޑޮކްޓަރުންގެ އެހީގައި ކުރި މަސައްކަތުން 76 ބްލެޓް މަސްތުވާތަކެތި އޭނާގެ ހަށިގަނޑުން ރިކަވާ ކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 29 ވަނަ ދުވަހު މާލެ އައި ސ. ހިތަދޫ ވެސްޓް ބްރީޒް، އަލީ އުގައިލްގެ ހަށިގަނޑުގެ ތެރެއިން 76 ބްލެޓް ރިކަވާ ކޮށް އަލުން ސްކޭން ކުރުމަށްފަހު އޭނާގެ ހަށިގަނޑް ކްލިއާ ކުރެވިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

އަދި އުގައިލް ހޮސްޕިޓަލުން ޑިސްޗާޖް ކުރުމަށްފަހު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން މުއްދަތުގެ މަޖިލީހެއް ބާއްވާ 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.