ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 300 ރުފިޔާއަށް 20ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

ތިރީސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ލިމިޓަޑް ޓައިމް އެޑް އޮން ދިރާގުއެޕްމެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް '20ޖީބީ' ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ނެގޭނެއެވެ. މި އެޑް އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއްވަނީ ފަރުމާކުރެވިފައެވެ.

އެގޮތުން ފަރުމާކުރެވިފައިވާ ޕްލޭންތަކަކީ:

• ދިރާގު ކޮމްބޯ ޕްލޭންސް – މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
• ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭނާއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
• މަމެން – ޒުވާނުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްލޭނަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭނެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް އެހެން މަމެން ޔޫޒަރުންނަށް ވެސް ކްރެޑިޓް ޓްރާންސްފާ ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާލިބޭނޭގޮތް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.