31 Mar 2012, 17:47
ސާޅީސް އަހަރަށްވުރެ އުމުރު މައްޗަށް ދިޔުމުން ރެއަކާ ދުވާލު 11 ގަޑިއަށްވުރެ ގިނައިން އިށީންދެ އިނުމަކީ ކުރިޔަށްއޮތް 3 އަހަރު ތެރޭގައި ކުއްލިއަކަށް މަރުވުމުގެ ފުރުސަތު 40 ޕަސެންޓަށް އަށް ބޮޑުވާ ކަމެއް ކަމަށް އޮސްޓްރޭލިޔާގެ ސިއްޙީ ތަޖްރިބާކާރުންގެ ޓީމަކުން ހާމަކޮށްފި އެވެ.
އުމުރުން 45 އަހަރުންމަތީގެ 222 ހާސް މީހުންގެ މަޢްލޫމާތު ހޯދައިގެން މިޓީމުން ކުރި ދިރާސާއަކުން ހާމަވާގޮތުގައި އެކިފަހަރުމަތިން ނަމަވެސް ރެއަކާދުވާލު 11 ގަޑިއަށްވުރެ ގިނައިން އިށީންދެ އިނުމަކީ ކުރިޔަށްއޮތް 3 އަހަރު ތެރޭގައި ކުއްލިއަކަށް މަރުވުމުގެ ފުރްސަތު 40 ޕަސެންޓަށް ބޮޑުވާ ކަމެކެވެ.
މިގޮތަށް އިށީންދެއިނުމަށްފަހު ބާކީގަޑިތަކުގައި ވަރުގަދައަށް ކަސްރަތު ކުރިޔަސް އަދި ކިތަންމެ ޙަރަކާތްތެރިކޮށް އުޅުނު ނަމަވެސް ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ކުޑަނުވާނެކަންވެސް މިދިރާސާއިން ހާމަވެފައި ވެއެވެ.
މިދިރާސާއަށް ބޭނުންވާ މަޢްލޫމާތުހޯދި 222 ހާސް މީހުންގެ ތެރެއިން 62 މީހުން ބުނެފައިވަނީ އެމީހުން ތަފާތުގަޑިތަކުގައި އިށީންދެތިބޭ ކަމަށާ އަދި ސިއްޙީ އެކިއެކި މައްސަލަތައްވެސް ކުރިމަތިވާއިރު މީގެތެރޭގައި ފަލަވުމުގެ މައްސަލަވެސް ހިމެނޭ ކަމުގައެވެ. 25 ޕަސެންޓް މީހުން ބުނެފައިވަނީ އެމީހުން ރެއަކާދުވާލު އެކިފަހަރުމަތިން 8 ގަޑީއިރު އިށީންދެތިބޭ ކަމުގަ އެވެ.
އަށްޑިހަ އަށް ޕަސެންޓް މީހުން ބުނެފައިވަނީ އެމީހުން އިށީންދެ ތިބެނީ ޖުމްލަގޮތެއްގައި ރެއަކާދުވާލު 8 ގަޑީއިރަށްވުރެ މަދުން ކަމަށާ ފާހަގަކުރެވޭފަދަ ސިއްޙީ ބޮޑު މައްސަލައެއް އެމީހުންނަށް ކުރިމަތިވެފައިނުވާ ކަމުގައެވެ. މީގެތެރެގައި ހިމެނޭ އެންމެ ނުރައްކާތެރި ބައެއްގެ ގޮތުގައި ބެލެވޭ 11 ގަޑީއިރަށްވުރެ ގިނައިން އިށީންދެތިބޭ މީހުންނަށް ހިތާއި ނާރުތަކުގެ ބޮޑެތި ބަލިތައް ޖެހިފައިވާކަން މިސަރވޭން ހާމަވެފައި ވެއެވެ.
މިދިރާސާކުރެއްވި އޮސްޓްރޭލިޔާގެ ސިއްޙީ ތަޖްރިބާކާރުންގެ ޓީމުންވަނީ އެކިފަހަރުމަތިންވެސް ރެއަކާދުވާލު 11 ގަޑީއިރު އިށީންދެ ނުތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި މަސައްކަތް ހުންނަގޮތުން ގިނަވަގުތުތަކުގައި އިށީންދެ އިންނަންޖެހޭ ފަރާތްތަކުންވެސް އެކަމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި ކޮންމެ ގަޑިއަކު ނޫނީ 45 މިނިއްޓުން އެއްފަހަރު ތެދުވެ ހިނގައި ޙަރަކާތެރިވުމަށްވެސް ސިއްޙީ ތަޖްރިބާކާރުންގެ މިޓީމުން އިލްތިމާސް ކުރެ އެވެ.
ގިނަވަގުތަކުގައި އިށީންދެ އިންނަ ވަރަކަށް ކުރިޔަށްއޮތް އަހަރުތަކުގައި ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ބޮޑުވާނެ ކަމަށްވެސް މިޓީމުން ބުނެ އެވެ. (ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް)