19:00


ގދ. ތިނަދޫގެ ބަނދަރު ހެދުމާއި ފެނުގެ ނިޒާމު ތަރައްގީކުރުމާއި ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތައް މިއަދު ފަށައިފި އެވެ.


އެ މަސައްކަތްތައް އިފްތިތާހު ކުރުމަށް މިއަދު ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން 28 ކަމެއް ކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭން ފަސް ކަމެއް ފާހަގަކޮށް، އެކަންތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.


މިނިސްޓަރު އަދި ވިދާޅުވީ މިފަދަ ބޮޑެތި މަސައްކަތްތަކަކީ އުސޫލެއްގެ ދަށުން ވަރަށް ބޮޑަށް ރާވައި ޕްލޭންކޮށްގެން ކުރިއަށް ގެންދަން ޖެހޭނެ ކަންތައްތަކެއް ކަމަށާއި އެހެންކަމުން މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވަނީ އެކަންތައްތަކުގެ ޕްލޭނިން މަސައްކަތް ކަމަށެވެ. ނަމަވެސް މީގެ އެތައް މަސައްކަތެއް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ވެސް ފަށައި، ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވައުދުވި ފަސް ކަންތައް ކޮށްދޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.


އަސްލަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގައި ބައެއް މައްސަލަތައް ދިމާވި ނަމަވެސް އެކަންތައް ކުރިއަށް އޮތްތަނުގެ ރަނގަޅުކުރާނެ ކަމަށެވެ.