Last Updated:
3 year 3 month ago

އެޕަލްގެ އާ އުފެއްދުންތައް ލޯންޗުކުރުމުގެ ހަފްލާގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    އެޕަލްގެ އާ އުފެއްދުންތައް ލޯންޗުކުރުމުގެ ހަފްލާގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    23:32

    އައިފޯން 14ގެ އައު ލައިންއަޕުގައި ހިމެނޭ އައު ފީޗާ ތަކުގެ ތެރޭގައި އެމަޖެންސީ ހާލަތުގައި ސެޓެލައިޓް މެދުވެރިކޮށް މުއާސަލާތުކުރެވޭނެ ގޮތް ހިމެނޭ

    23:26

    އައިފޯނަށް އެންމެ ފަހުން އޯލްވޭސް އޮން (އަބަދުވެސް ދިއްލިފައި ހުންނަ) ޑިސްޕްލޭ ތަައާރަފުކޮށްފި

    23:25
    އެޕަލްގެ އައު ކަޓް އައުޓް، ނޯޓިފިކޭޝަން އަކާއެކު ބަދަލުވެފައި
    23:20

    އައިފޯން 14 ޕްރޯ ދައްކާލައިފި. މިފަހަރު ކުރިމަތީ ކެމެރާ ބެހެއްޓުމަށް ނޮޗެއްގެ ބަދަލުގައި ހިމަނާފައިވަނީ ކަޓް- އައުޓެއް. މި ކަޓް އައުޓް ފަރުމާ ކޮށްފައިވަނީ ތަފާތު އެކި އެނިމޭޝަންތަކާއެކު، ބަދަލުވާ ގޮތަށް. އެޕަލް އިން މި ކަޓް އައުޓަށް ދީފައިވާ ނަމަކީ "ޑައިނަމިކް އައިލެންޑް"

    23:17

    މިފަހަރުގެ ބޭސް މޮޑެލްގައި ކެމެރާ އަދި ބެޓެރީ ވަނީ އިތުރަށް ވަރުގަދަކޮށްފައި. މީގެ އިތުރުން ކްރޭޝް ޑިޓެކްޝަން ފީޗާ ހިމަނާފައިވޭ

    23:14

    އައިފޯން 14، އަދި އައިފޯން 14 ޕްލަސް ދައްކާލައިފި. ތަފާތު ގިނަ ކުލަތަކާއެކު ތައާރަފުކުރި މިފަހަރުގެ ސީރީޒްގައި ކުރީ ފަހަރާ ޚިލާފަށް، "މިނީ" މޮޑެލް އެއް ނުހިމެނޭ.

    23:09

    މިރޭގެ އިވެންޓުގައި ދެން ދައްކާލީ އެއާޕޮޑްސް ޕްރޯ 2. މިފަހަރުގެ އެއާޕޮޑްސްގެ އެންމެ ބޮޑު ތަފާތަކީ ޓަޗް ކޮންޓްރޯލްސް މެދުވެރިކޮށް އަޑު މަޑުކުރުމާއި، ބާރުކުރެވުން.

    އަލަށް ތައަރަފުކުރި އެއާޕޮޑްސް ޕްރޯ 2 އާ ބެހޭ ބައެއް މައުލޫމާތު
    23:05

    އެޕަލް ވޮޗް އަލްޓްރާގައި "އެކްޝަން ބަޓަން"ގެ ނަމުގައި މުޅިން އައު ފިތެއް ހިމެނޭ! މިއީ ކަސްރަތުގެ ތެރެއިން ގަޑީގެ ބޭނުން އިތުރަށް ހިފޭނެހެން ފަރުމާކޮށްފައިވާ ފިތެއް.

    އަލަށް ތައާރަފުކުރި އެޕަލް ވޮޗް އަލްޓްރާ އާ ބެހޭ ބައެއް މައުލޫމާތު
    23:00

    މިފަހަރުގެ އެޕަލް ވޮޗް ލައިންއަޕްގައި ދެން ހިމެނެނީ އެޕަލް ވޮޗް އެސްއީ 2. އަތް ފޯރާފަށުގައި ލިބެން ހުރި މި ސީރީޒްގެ އިތުރުން މުޅިން އަލަށް، "އެކްސްޓްރީމް" ކުޅިވަރަށް ހާއްސަކޮށް އެޕަލް ވޮޗް އަލްޓްރާ ވަނީ ދައްކާލާފައި.

    މުޅިން އަލަށް ތައާރަފުކުރި އެޕަލް ވޮޗް އަލްޓްރާ
    22:56

    އެޕަލް ވޮޗް ސީރީޒް 8އަށް ކާރު އެކްސިޑެންޓެއް ވެސް ދެނެގަނެވޭނެ. މީގެ އިތުރުން، ބެޓެރީގެ ބާރު ދަށްވުމުން ބޭނުންކުރަން ހާއްސަ، ލޯ ޕަވަރ މޯޑެއް ވެސް ހިމެނިފައިވޭ

    22:45

    މި ފަހަރުގެ އެޕަލް ވޮޗުގައި ފިނިހޫނުމިން ބަލާ އައު ސެންސަރެއް ވަނީ ހިމަނާފައި. އެޕަލް އިން ބުނީ އެއާއެކު، އޯވިއުލޭޝަން ސައިކަލް ދެނެގަތުމަށް ފަސޭހަވާނެ ކަމަށް. މިއާއެކު، އޯވިއުލޭޓްވާ ދުވަސްވަރު ފާހަގަކޮށް ނޯޓިފިކޭޝަން އެއް ފޮނުވުމުގެ ގާބިލުކަން އެޕަލް ވޮޗަށް ލިބޭނެ

    22:42

    މިރޭގެ އިވެންޓުގައި އެންމެ ފުރަތަމަ ދައްކާލީ އެޕަލް ވޮޗްގެ ސީރީޒް 8. ބަލާބެލުމަށް ކުރީގެ ސީރީޒާއި، މިފަހަރުގެ ގަޑީގައި މާ ބޮޑު ތަފާތެއް ނެތް

    22:28

    އެޕަލް އިން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ބާއްވަމުން އަންނަ ބޮޑު އިވެންޓު، މި އަހަރު ވެސް ފެށިގެން ކުރިއަށް އެބަދޭ. މި އަހަރުގެ އިވެންޓު ފެށީ މިރޭ ރާއްޖެ ގަޑިން 22:00ގައި. މިރޭގެ އިވެންޓުގައި އެޕަލްގެ އައި ފޯނުގެ އައު ލައިންއަޕްގެ އިތުރުން. އައު އެޕަލް ވޮޗާއި އެއާ ޕޮޑްސް ދައްކާލާނެ