07 Sep 2022, 19:11
ހުއްދަނެތް ކާކުލައެއް އަޅައިގެން އުފައްދާފައިވާ 'ސްޓެއްލާ' ބްރޭންޑުގެ އައިސްކްރީމް ޕައުޑަރެއް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އައިސްކްރީމް ޕައުޑަރު ރާއްޖެއަށް އެތެރެވެފައިވާކަން ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާކަމަށެވެ.
އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.