07 Sep 2022, 10:56
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކީލިއަން އެމްބާޕޭގެ ދެ ގޯލާއެކު ޕީއެސްޖީން ޔުވެންޓަސް ބަލިކޮށްފިއެވެ.
ޕިއެސްޖީގެ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ރޭގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ގޯލު ޖަހައި މެޗުގެ ލީޑު ނެގީ ޕީއެސްޖީންނެވެ. އެ ގޯލަކީ ނޭމާ ޖޫނިއާގެ އެހީތެރިކަމާއެކު އެމްބާޕޭ ޖެހި ހިތްގައިމު ގޯލެކެވެ.
މީގެއިތުރުން މެޗުގެ 22 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ގޯލުޖަހައި ޕީއެސްޖީއަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
އެ ދެ ގޯލާއެކު 2-0ގެ ނަތީޖާއަކުން ޕީއެސްޖީ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ޔުވެންޓަސްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.
އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި ވެސްޓަން މެކްކެނީ ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލަކީ ފިލިޕް ކޮސްޓިޗް ނަގައިދިން ހުރަހަކުން އޭނާ ބޮލުން ޖެހި ގޯލެކެވެ.
ޕީއެސްޖީއާއި ޔުވެންޓަސްގެ އިތުރުން ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި އޮތީ މަކާބީ ހައިފާއާއި ބެންފިކާއެވެ. ރޭ އެ ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 2-0ގެ ނަތީޖާއަކުން ބެންފިކާ މޮޅުވެގެންނެވެ.