07 Sep 2022, 08:57
އާރް.އެމް.އެސް ޓައިޓޭނިކްގެ ކުރިން ނުފެންނަ ފުޓޭޖެއް 8ކޭ ކޮލިޓީގައި ދޫކޮށްލައިފިއެވެ.
އާ ފުޓޭޖަކީ 8000 ޕިކްސެލްސްގެ ފުޓޭޖެކެވެ. މިއީ، 4ކޭ ޓީވީ އަކަށްވުރެ ދެ ގުނަ ސާފުކޮށް ފެންނަ ވިޑިއޯއެއް ކަމުން، ތަފްސީލުތަކާއި ކުލަވެސް 110 އަހަރުވީ ބްރިޓިޝް ޕެސެންޖާ ލައިނާ ޝިޕްވްރެކްގެ ފެންނާނެއެވެ.
މި ވީޑިއޯ ނަގާފައިވަނީ އޯޝަންގޭޓް އެކްސްޕެޑިޝަންސް އިން މިއަހަރު ނޯތް އެޓްލާންޓިކްގެ ކަނޑު އަޑިންނެވެ.
އޯޝަންގޭޓް އިން ވަނީ، ޓައިޓޭނިކް ފެތުނު ސަރަހައްދަށް ޑައިވް އެކްސްޕާޓުންނާއި، ރިސަރޗް ސައިންޓިސްޓުން އަދި ޓައިޓޭނިކް އާ ގުޅޭގޮތުން ދިރާސާތައް ކޮށްފައިވާ މީހުނާއި ބައެއް އާއްމުން ގެންގޮސްފައެވެ. މި މީހުން ޓައިޓޭނިކް ބެލުމަށް 250،000 ޑޮލަރު ހަރަދުކޮށްފައިވެއެވެ.

"މިއަދު ނެގުނު 8ކޭ ފުޓޭޖުން ސައިންޓިސްޓުންނާއި މެރިޓައިމް އާކިއޮލޮޖިސްޓުންނަށް މީގެ އެތައް އަހަރެއް ކުރިން ފެތުނު ޓައިޓޭނިކްގެ ހަލާކުތައް ސާފުކޮށް ހޯދައި ބެލޭނެ" އޯޝަންގޭޓް އެކްސްޕެޑިޝަން އިން ނެރުނު ނޫސްބަޔާނެއްގައި އެ ކުންފުނީގެ ރައީސް ސްޓޮކްޓޮން ރަޝް ބުނެފައިވެއެވެ.
އިތުރަށް ބުނީ، އެންމެ ހައިރާންކުރުވަނިވި ކަމަކަށް ފެނިފައިވަނީ 'ކުލަތައް' ކަމަށެވެ.
އަލަށް ނެރުނު ވީޑިއޯގައި 1912ގައި ގަނޑުފެންގަނޑެއްގައި ޖެހި ފެތުނު ޓައިޓޭނިކްގެ އެކި މަންޒަރުތައް ސާފުކޮށް ފެނެއެވެ.
އޯޝަންގޭޓް އިން ބުނެފައިވާ ގޮތުގައި، އެމީހުން ނެގި ވީޑިއޯ މީގެ ކުރިން ނަގާފައިވާ ވީޑިއޯތަކާ އަޅާކިޔާނެއެވެ. އަދި، ލޮނާއި އޮއެވަރުގެ ސަބަބުން ލިބެމުންދާ ގެއްލުން ތަހުލީލު ކުރާނެ ކަމަށެވެ. ބައެއް އެކްސްޕާޓުން ބުނާ ގޮތުގައި، ގަރުނުތަކެއް ފަހުން ޓައިޓޭނިކް އެ އޮތް ސަރަހައްދުން ގެއްލުން އެކަށީގެންވެއެވެ.
"އަހަރުމެންގެ ސައިންސް ޓީމުން، 8ކޭ، 4ކޭ އަދި އިތުރު ފުޓޭޖްތައްވެސް ބަލައި އަންނަމުންދާ ބަދަލުތައް ހޯދާނެ"
އޯޝަންގޭޓް އާއެކު އަންނަ އަހަރު މެއިގައި ޓައިޓޭނިކް ޝިޕްވްރެކް ބަލާލަން ދިއުމަށްވެސް މިހާރުވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. 10 ދުވަހުގެ މި ދަތުރުގައި 08 ދުވަސް ހޭދަކުރާނީ ކަނޑުގައެވެ.