ޔޫއެފާ ޗެމްޕިއަންސް ލީގްގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމް މިރޭ ބަލިވެއްޖެއެވެ.

ކްރޮއޭޝިއާގެ ޒަގްރެބާއި އާ ދެކޮޅަށް ކުޅުނު މި މެޗުން ޗެލްސީ ބަލިވީ 0-1ގެ ނަތީޖާއަކުންނެވެ. ޒަގްރެބްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 13 ވަނަ މިނެޓް ތެރޭގައި މިސްލާވް އޯސިޗެވެ.

މެޗް ޗެލްސީން ކޮންޓްރޯލް ކުރިނަމަވެސް ޒަގްރެބް ކޮޅަށް ލަނޑެއްޖެހުމަށްކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓްޗިލް ބުނީ، މެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހޭކަމަށެވެ.

"ޗެލްސީ ކުޅުންތެރިންގެ ފެންވަރާ ގާތަށް ވެސް މިރޭ ނުކުޅެވުނު. ވަކިވަކި ކުޅުންތެރިންގެ ވާހަކަ ދެއްކުމެއްނެތް. މުޅި ޓީމްގެ ވާހަކަ ދެއްކުން އޮތީ. ދެން އޮތީ ކުރިއަށްއޮތް މެޗްގައި ކަންކަން ރަނގަޅުކުރުން،" ޗެލްސީގެ ކޯޗު ޓްޗިލް ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސްލީގް ޗެލްސީ ހިމެނޭ ގްރޫޕް އީގައި ދެން އެ ޓީމް ނިކުންނާނީ މިމަހުގެ ފަނަރަވަނަ ދުވަހުގެ ރޭ އޮސްޓްރޭލިއާގެ ސޮލްޒްބާގާ ދެކޮޅަށެވެ.