ޔުއެފާގެ ކޮންޓްރޯލް އެންޑް ޑިސިޕްލިނަރީ ބޯޑުން އާސެނަލްގެ ކޯޗު އާސެން ވެންގާ ތިން މެޗަށް ސަސްޕެންޑްކޮށް، 40000 ޔޫރޯ އިން ޖޫރިމަނާކޮށްފި އެވެ.

ވެންގާއަށް އެ އަދަބު ލިބުނީ، ޗެމްޕިއަންސް ލީގުގައި އާސެނަލް މި މަހު ހަ ވަނަ ދުވަހު އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތައި، އޭނާގެ މައްޗަށް އެތުހުމަތުތައް ސާބިތު ވެފައި ވާތީއެވެ.

އަދި މެޗު ނިމުމުން ސްލޮވީނިއާގެ ރެފްރީ ޑަމިރް ސްކޮމީނާ ގާތަށް ގޮސް ވެންގާ ވަނީ ހުތުރު ބަހުން ވާހަކަ ދައްކާފައި ކަމަށް ވެސް އިނގިރޭސި މީޑިއާތަކުގައި ބުނެފައި ވެއެވެ.

މިލާނާ ދެކޮޅަށް އާސެނަލް ކުޅުނު މެޗް 3-0 ލަނޑުން ކާމިޔާބު ކުރީވެސް އާސެނަލް އެވެ.