31 Mar 2012, 15:46
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޯމަ ދުވަހު ބްލެކްބާންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނިކުންނައިރު، ލަނޑުދަނޑި ހާސިލް ކުރުމަށް އޮތް ހަމައެކަނި ގޮތަކީ މެޗު ކާމިޔާބު ކުރުން ކަމަށް ކޯޗް އެލެކްސް ފާގަސަން ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން މިދެ ޓީމް ކުޅުނު މެޗް 3-2 ލަނޑުން ކާމިޔާބު ކުރީ ބެލެކްބާނެވެ.
ލީގް ތާވަލްގެ އެންމެ ކުރީގައި މެންޔޫ މިވަގުތު އޮތް ނަމަވެސް ބްލެކްބާގެ މެޗަށް ނިކުންނައިރު، ކޯޗް ފާގަސަން ބުނީ، ހޯމަ ދުވަހުގެ ބޮޑު މެޗާ ކުރިމަތި ލާއިރު، ޓީމުގެ ތެރޭގައި އަނިޔާގެ މައްސަލަތައް ބޮޑުވި ނަމަވެސް، އެ ދުވަހުގެ މެޗަށް ނިކުންނާނީ ކުރީގެ ހަނދާންތަކުން މިންޖުވެ، މޮޅެއް ހޯދުމުގެ އަޒުމުގައި ކަށެވެ.
"ބެލެކްބާން އަކީ މޮޅުޓީމެއް. އެޓީމުގެ ޑިފެންޑަރުން އުނދަގޫތަކުން ސަލާމަތް ވުމަށް މިފަހަރު ވިންނާނީ މެންޔޫގެ ފޯވާޑުންނެއް ނޫން. މުޅި ޓީމް އެކަމާ ވިސްނާނެ" ފާގަސަން ބުންޏެވެ.
ހޯމަ ދުވަހުގެ މެޗަށް ބްލެކްބާން ނިކުނައިރު ، އެޓީމް އޮތީ ތާވަލްގެ 16 ވަނައިގައި 28 ޕޮއިންޓާ އެކު އެވެ. އަދި ތާވަލްގެ އެއް ވަނައި ގައި މެންޔޫ އުޅެނީ ސިޓީއަށް ވުރެ، ތިން ޕޮއިންޓުގެ ކުރިއެރުމަކާއެކު ޖުމްލަ 78 ޕޮއިންޓާއެކު އެވެ.