31 Mar 2012, 14:33
ސިފައިންގެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު ކާމިޔާބު ވޮލީ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ) ވާދަވެރި ޕޮލިހަށް ބަދަލުވެއްޖެ އެވެ.
2009 ވަނަ އަހަރު ސަތޯ ކޯޗުކޮށްދިން ޕޮލިސް ޓީމަށް އޭނާ ބަދަލުވީ މި އަހަރުގެ ވޮލީ ސީޒަނަށް ވިކްޓަރީ ތައްޔާރުކޮށްދިނުމަށް އެ ޓީމުން ވެސް ވަރަށް ބޮޑަށް އެދެމުން ދަނިކޮށެވެ.
ސަތޯ މިއަދު ބުނީ އޭނާ އަދި ސޮއި ނުކުރާ ކަމަށާއި ނަމަވެސް ވާހަކަދެކެވި ނިމިފައިވާ ކަމަށެެވެ.
ސަތޯ އަކީ ކާމިޔާބުވޮލީ ކޯޗެއްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުލަބު ވީބީގެ މެނޭޖަރު ވެސްމެ އެވެ. އޭނާގެ މެނޭޖަރުކަމުގެ ދަށުން ވީބީ ވަނީ ފާއިތުވެދިޔަ ފަސް އަހަރު ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.