05 Sep 2022, 09:21
މަސްވެރިކަމުގެ ލައިސަންސަށް ނަގަމުން އަންނަ ފީ ފިޝަރީޒް މިނިސްޓްރީން ކުޑަކޮށްފިއެވެ.
މިއީ ކަނޑުމަހުގެ މަސްވެރިކަން ހިންގައި ބެލެހެއްޓުމާ ގުޅޭ އާ ގަވައިދުގެ ދަށުން ގެނައި ބަދަލެކެވެ.
މި ގަވާއިދުގައިވާ ގޮތުން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ނުވަތަ ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރު 49 ފޫޓަށްވުރެ، ކުޑަނަމަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް 500 ރުފިޔާ ނަގާއިރު، 49 ފޫޓަށްވުރެ، ބޮޑުނަމަ ނަގާނީ 1،500 ރުފިޔާއެވެ.
މީގެ އިތުރުން މި ދެބާވަތުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން 49 ފޫޓަށްވުރެ، ކުޑަ އުޅަނދެއް ނަމަ ނަގާނީ ހަމަ 500 ރުފިޔާއެވެ. އެކަމަކު 49 ފޫޓަށްވުރެ، ބޮޑު އުޅަނދެއް ނަމަ 1،800 ރުފިޔާ ނަގާނެއެވެ.
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރު، 85 ފޫޓަށްވުރެ، ބޮޑު ނަމަ މީގެ ކުރިން ނަގާ އަގަކީ އެއް އަހަރު ދުވަހަށް، 3،600 ރުފިޔާއެވެ. އަދި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރު، 85 ފޫޓަށްވުރެ، ކުޑަ ނަމަ ނަގަނީ 1،800 ރުފިޔާއެވެ.
އާ ގަވާއިދުގެ ދަށުން މި ގެނައި ބަދަލާއެކު އެހެން ހުރިހާ ބާވަތުގެ މަސްވެރިކަމުން ނަގާ ފީތަކަށް ވެސް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ.