ހއ. އަތޮޅުން ފަށައިގެން ތ. އަތޮޅާ ދެމެދުގެ ރަށްރަށަށް މެޓު އޮފީހުން މިއަދު ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން މިއަދު އެންމެ ފުރަތަމަ އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރުނީ މިއަދު 17:00 އިން 21:00އަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެ ސަހައްދަށް މިއަދު ނެރުނު ރީނދޫ ސަމާލުގެ ވަގުތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިރޭގެ މެންދަމުން އަލިވެ، 2:00އާ ހަމައަށް ވަގުތު އިތުރުކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެލާޓްގެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންދާ ދުވަސް ވަރެއް ކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.