ހުޅުމާލެއާ ސިނަމާލެ ބްރިޖު ގުޅޭ ހައިވޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 20:00 ހާއިރުއެވެ.

ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައަރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން ބުރިޖަށް އަރަން އަންނަ ހައިވޭގައެވެ. އަދި ތާރުގަނޑު މަތީގައި އޮތް ފިރިހެނަކު ސްޓްރެޗާއަށް ލައިގެން އެމްބިއުލާންސްއަށް އަރުވާ މަންޒަރު ވެސް ފެނެއެވެ.

އެކްސިޑެންޓްގައި ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.