03 Sep 2022, 13:10
ޓްރީ ޓޮޕް ހޮސްޕިޓަލް ގެސްޓް ޕޯޓަލް ތައާރަފްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ މެހުމާނުންނަށް ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދުމަށް ފަސޭހަކޮށްދިނުމުގެ މަގްސަދުގައި ތައާރަފްކުރި ޕޯޓަލްއެކެވެ.
ގެސްޓް ޕޯޓަލުގެ ޒަރައްޔާއިން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދުމާއި ފައިސާދެއްކުމާއި މެޑިކަލް ރެކޯޑް ނުވަތަ ރިޕޯޓް ބަލައިލެވޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގެސްޓް ޕޯޓަލް އެޕް އައިއޯއެސް އަދި އެންޑްރޯއިޑް ބޭނުންކުރާ މެހެމާނުންނަށް ޑައުންލޯޑްކުރެވޭނެއެވެ.
1. ގެސްޓް ޕޯޓަލުން ލިބޭ ހިދުމަތްތަކަކީ:
ފަސޭހަކަމާއެކު މެޑިކަލް ރިޕޯޓުތަށް އިތުރު ޕާސްވޯޑެއް ޖެހުމެއްނެތި ރައްކާތެރިކަމާއެކު ބަލައިލެވޭނެ.
- ރިޕޯޓުތައް ތަރުތީބުވެފައި ހުންނާނީ އެންމެ ފަހުގެ ރިޕޯޓު އެންމެ ކުރިން ފެންނާނެ ގޮތަށް.
2. އެޕޮއިންޓްމަންޓް ބުކް ކުރުން:
ގެސްޓް ޕޯޓަލްއިން އެޕޮއިންޓްމަންޓް ބުކް ކުރުމާއި ވަގުތުން ފައިސާދެއްކޭނެ.
- ރައްކާތެރިކަމާއިއެކު ފައިސާދެއްކުމާއި ފައިސާދެއްކޭނެ ގޮތްތައް ހިމެނޭނެ.
ހަނދުމަފުޅުކުރެއްވުމަށް: ގެސްޓްޕޯޓަލް މެދުވަރިކޮށް އެޕޮއިންޓްމެންޓް ހެދޭނީ ހަމައެކަނި އަމިއްލަ ފަރާތަށް.

ޓްރީ ޓޮޕްގެ ގެސްޓް ޕޯޓަލް --- ފޮޓޯ/ ޓްރީޓޮޕް
3. ޑޮކްޓަރުންގެ ވަނަވަރު:
މެހެމާނުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ސްޕެޝަލްޓީ އަދި ކޮންސަލްޓަންޓުންގެ މައުލޫމާތު ލިބޭނެއެވެ.
4. ޕާސްވޯޑް ބަދަލުކުރުމަށް ފަސޭހަވުން
ގެސްޓް ޕޯޓަލް ތެރެއިން ޕާސްވޯޑް ބަދަލުކުރެވޭނެ، އަދި މެހުމާނުންގެ ޕްރޮފައިލް ވަނުމަށް ފަސޭހަވާނެއެވެ.
އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެތާކު ހުރިކަމުގައިވިޔަސް، ރައްކާތެރި ގޮތެއްގައި ފަސޭހަމާއެކު މެހުމާނުންގެ ސިއްހަތާއި ބެހޭ މައުލޫމާތު ލިބޭނެ ގޮތެއް މި ޕޯޓަލުގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ގެސްޓް ޕޯޓަލް މިލިންކުންނުވަތަ "ޓްރީ ޓޮޕް ހޮސްޕިޓަލް ގެސްޓް ޕޯޓަލް" އެޕް އެންޑްރޮއިޑް ޑިވައިސްތަކަށް ޕްލޭ ސްޓޯ އަދި އައިއޯއެސް ޑިވައިސްތަކަށް އެޕް ސްޓޯ މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.
އިތުރު މައުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.