02 Sep 2022, 11:51
ހުޅުމާލެ ނިރޮޅު މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީ ބަހެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީ ބަހެއް ޖެހި ހިނގި އެކްސިޑެންޓެއް މިއަދު ހެނދުނު 10:07 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
"އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ބަހަށް ވެސް ބޮޑެތި ގެއްލުންތަކެއްވިއެވެ. އަދި ކާރުގެ ފަހަތް ވަނީ ފުނޑުވެ ވަރަށް ބޮޑަށް ހަލާކުވެފައެވެ.