02 Sep 2022, 00:19
ގދ. ތިނަދޫން ގެއްލިގެން ހޯދި އެރަށު ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ)އަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.
ހައްވަހަންތަ ފެނުނީ ފަޅު ގޯއްޗެއްގެ ތެރެއަށް ވެއްޓިފައި އޮއްވައި ރޭގެ ވަގުތެއްގައެވެ. ފެނުނުއިރު ނިއްކުރިމަތީގައި ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ހުއްޓެވެ.
ތިނަދޫ ކައުންސިލް މެންބަރަކު ވިދާޅުވީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި އޭނާ ނިޔާވެފައިވާ ކަމަށެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލް މެމްބަރު އާމިނަތު ނަސީމާ ވިދާޅުވީ، ހައްވަހަންތައަށް ލިބިފައިވާ އަނިޔާތަކަކީ ލަފާކުރެވޭގޮތުގައި ވެއްޓުނު ގަޑީގައި ލިބިފަ ހުރި އަނިޔާތަކެއްކަމަށެވެ.
ހައްވަހަންތަ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި އުޅުން، އާއިލީގޮތުން ވެސް އޭނާއާ ގާތް ބަޔަކަށެވެ.
ހައްވަހަންތަ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ ހަވީރު ބޭރަށް ނުކުތުމަށްފަހު މަޣްރިބް ނަމާދު ވަގުތަށް ގެއަށް ނައުމުންނެވެ.