31 Mar 2012, 08:41
މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެހި ތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކުރީ މއ. ވައްފަރުގެ ކޮޓަރިއެއް ބަލާ ފާސް ކުރުމުގެ ތެރޭގަ އެވެ. އެގޭގެ 24 ނަމްބަރު ކޮޓަރި ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެހި ތަކަކާއެކު ހައްޔަރު ކުރީ ށ. ގޮއިދޫ ރިހާބް، އިބްރާޙީމް ސިނާން 21، އެވެ.
ސިނާން ހައްޔަރު ކުރި އިރު މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ކުޑަ ރަބަރު ކޮތަޅުކޮޅުގެ 13 ކޮތަޅާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ބާވަތެއް އަޅާފައިހުރި ފިލްމް ހުސްކުރި ދަޅަކާއި ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތުކުރެވޭ ލެޕްޓޮޕެއް ވެސް ވަނީ ފެނިފަ އެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.