ޓިކްޓޮކް ބަރަހަނާ ވީޑިއޯ ހަދައި އާންމުކުރަމުން އަންނަ ގ. ކަމަރާގެ، މުހައްމަދު ނަބީލު، 36، ފުލުހުން ހައްޔަރުކޮށްފިއެވެ.

ބަދުއަޚުލާގީ ވީޑިއޯ އާއްމުކުރާ މައްސަލައިގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ފުލުހުން ނަބީލް ހައްޔަރުކުރިއެވެ.

ނަމަވެސް މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި ޝަރުތުތަކަކާއެކު އެ ފަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވަމުން އަންނަނިކޮށް އެ އިދާރާއިން މިއަދު ބުނީ އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ މައްސަލައިގައި 37 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ތަހުގީގު ފަށާފައިވާ ކަމަށެވެ.