29 Aug 2022, 09:23
ޓްރީޓޮޕް ހޮސްޕިޓަލްގައި ތިބޭ ބަލިމީހުން ކައިރިއަށް ޒިޔާރަތްކުރުމާ ބެހޭ ގަވާއިދަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަދަލުގެނެސްފިއެވެ.
ޓްރީ ޓޮޕްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)، ހައި ޑިޕެންޑަންސީ ޔުނިޓް (އެޗްޑީޔޫ) އަދި ކޮރޮނަރީ ކެއާ ޔުނިޓް(ސީސީޔޫ) ފަދަ ކްރިޓިކަލް ކެއާ ޔުނިޓުތަކަށް ރެޖިސްޓާކޮށްފައިވާ އެހީތެރިޔާއަށް ދެން ޒިޔާރަތްކުރެވޭނީ ހެނދުނު 09:00އިން 11:00އަށް އަދި ރޭގަނޑު 18:00އިން 20:00އަށެވެ.
އިން ޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއީޓްސްއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00އިން މެންދުރު 13:00އަށް އަދި ހަވީރު 17:00އިން ރޭގަނޑު 19:00 އަށެވެ.
މީގެ އިތުރުން، ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.