30 Mar 2012, 11:12
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޖެނުއަރީ 5 ގައި އުފައްދާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއެމްބަސީ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ކަމަށާއި ރާއްޖޭގެ އެމްބަސީއެއް ޔޫއޭއީގައި އުފެއްދީ ދިވެހި ސަރުކާރުގެ ހާރިޒީ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ބޭރު ދުނިޔެއަށް ރާއްޖެ ތައާރަފްކޮށް، ރާއްޖޭގެ ގަދަރު އުފުލޭފަދަ މަސައްކަތްކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށްކުރެވޭ މަސައްކަތްތަކުގެ ދަށުންނާއި ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު އެކުވެރިކަން ދަމަހައްޓައި އިތުރަށް ބަދަލި ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތްތަކުގެ ލިޔުމެއްވެސް ވަނީ ރައީސް އޮފީހުގެ ވެބްސައިޓްގައި ހިމަނާފަ އެވެ.