26 Aug 2022, 21:11
މާލޭގެ ފިހާރައެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
މާލޭގެ ފިހާރައެއްގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުދަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ 24 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާއިރު ފާއިތުވި ހަފުތާގައި ކިޔަވައިދޭ ދަރިވަރަކަށް އެއްޖިންސުން ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ޣާޒީ ސްކޫލްގެ ޓީޗަރަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 29 އަހަރުގެ ޓީޗަރުގެ ބަންދަށް ހުޅުމާލޭ ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.