މާލޭ ޓްރެކް ސަރަހައްދު ބޭރު ތޮށިން މިއަދު ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ މާލޭ ޓްރެކް ސަރަހައްދު ބޭރުން މީހަކުން ކަނޑަށް ފުންމާލި ކަމުގެ މައުލޫމާތު މިއަދު މެންދުރު 03:58 ހާއިރު ލިބިފައިވާ ކަމަށެވެ.

އެއީ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.