23 Aug 2022, 18:40
ދަމާސްއިން ވިއްކާ ފަރުނީޗަރުން ބޮޑެތި ޑިސްކައުންޓް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ "ސުޕަ ސޭލް"ގެ ލަކީޑްރޯގެ ނަސީބުވެރިން ހޮވައި އެމީހުނަށް އިނާމު ހަވާލުކޮށްފިއެވެ.
ނަސީބުވެރިން ހޮވުމަށް ދަމާސްއިން ވަނީ އިއްޔެ ގުރުއަތުނެގުން ބާއްވާފައެވެ. ގުރުއަތުން ހޮވުނު މީހުންނަށް ދިން އިނާމަކީ:
1 ވަނަ: ބެޑްރޫމް ސެޓެއް
2 ވަނަ: ސޯފާ ސެޓެއް
3 ވަނަ: ޑައިނިން ސެޓެއް
އެ ޕްރޮމޯޝަން ކުރިއަށްގެންދިޔައީ މަޖީދީމަގުގައި ހުންނަ ދަމާސް ކިޗަން، ހަނދުވަރީ ހިނގުމުގައި ހުންނަ އިންޑެކްސް ފާނީޗާ ބައި ދަމާސް އަދި ވައިލެޓް މަގުގައި ހުންނަ ދަމާސް ހޯމް ފިހާރައިގައެވެ.
ދަމާސްގެ ފަރުނީޗަރު ވިއްކާ މި ތިން ފިހާރައިގެ އިތުރުން ދަމާސްގެ އޮންލައިން ޝޮޕުން ތަކެތިި ގަންނަ މީހުނަށް ވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިޔަނީ މިމަހުގެ 10ވަަނަ ދުވަހާ ހަމައަށެވެ.