23 Aug 2022, 08:57
މާފަންނު ގެއެއްގައި ރޭގެ ވަގުތެއްގައި ވައްކަން ކުރަން އުޅުނު ބިދޭސީއަކަށް ކޯރާޑިން ހަމަލާ ދީފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަތް ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:55ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ބިދޭސީ މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރަކޮށްފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.