ލ. ގަމުގައި މޫދަށް އެރި އުޅެނިކޮށް ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:30 އެހާކަށް ގަމު ތުނޑިއަވަށް ނޫރުފެހި އުމުރުން 14 އަހަރުގެ މުހައްމަދު ޒަކުވާން ޒާހިރު މަރުވެފައި އޮއްވައި ފެނުނީ އެރަށު ބަނދަރު ތެރެއެިން ކަމަށެވެ.

ސަން އަށް މައުލުމާތުދެއްވި ލ.އަތޮޅު ޑޮޓްކޮމްގެ ރިޕޯޓާ ބުނީ ޒަކުވާން މޫދައްއެރިއުޅުނީ ހަތަރު ކުދިންގެ ގުރޫޕަކާއި އެކުކަމަށާއި ގުރޫޕްގައި ހިމެނޭ ކުދިންތައް މޫދުން އެއްގަމަށް އެރިއިރު އެކުއްޖާ ނުފެނުމުން އޭނާގެ ބައްޕައަށް އެމައުލުމާތު ދިނުމާއި އެކު ޒަހުވާނުގެ ބައްޕައަށް އޭނާގެ ދަރިފުޅުފެނުނީ މޫދުއަޑީގައި މަރުވެފައި އޮއްވާ ކަމަށެވެ.
އެކުއްޖާގެ ކަށުކަމާމެމީގެކަންކަން މިހާރު ކުރިއަށް ދާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.