22 Aug 2022, 19:09
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ޞަފާތު އަޙްމަދު ޒާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޞަފާތު އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައިކަމަށެވެ.
ޞަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމްއިއްޔާގެ ފައުންޑާ އަދި ރައީސްއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ސަފާތު މަސައްކަތް ކުރެއްވިއެވެ.
އަދި އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ސަފާތު ކުރައްވާފައިވެއެވެ. އޭނާ ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
މީގެއިތުރުން ޞަފާތުއަކީ އެމްޑީޕީގެ އަންހެނުން ރޫހުގެ އެކްޓިވް މެމްބަރެކެވެ. މިއަހަރު އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވެސް އޭނާ ވަދަކުރެއްވިއެވެ.