29 Mar 2012, 17:48
ލޯކަލް ގަވަނެންސް އޮތޯރިޓީ ]އެލްޖީއޭ[ގެ ރައީސަކަށް އެ އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެމްބަރު، ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އިންތިހާބުކޮށްފި އެވެ.
އެލްޖީއޭގެ ރައީސަކަށް ޑރ. ޖަމީލު އިންތިހާބުކުރީ މިއަދު އޮތް އެއޮތޯރިޓީގެ 31 ވަނަ ބައްދަލުވުމުގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ހަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް އެއޮތޯރިޓީން ބުންޏެވެ.
އެލްޖީއޭ އިން އެ އޮތޯރިޓީގެ ރައީސްކަމުގެ މަގާމަށް ޑރ. ޖަމީލު އިންތިހާބުކޮށްފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 63 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ކަމަށެވެ.