22 Aug 2022, 09:11
ސިނަމާލޭ ބްރިޖުމަތީގައި ޕޮލިސް ކާރެއް ފުރޮޅާލައި ހިނގި ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ބުރިޖު ހައިވޭގައި ދުއްވާފައި ދިޔަ ޕޮލިސް ކާރެއް ފުރޮޅާލާފައިވާކަމަށް ރޭ ދަންވަރު 02:58ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ކާރު ފުރޮޅާލިއިރު އޭގައި ތިބި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ތިން މީހުންނަށް ވެސް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަން ހިނގި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ނަމަވެސް އެ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ކާރެއް ކަމަށް ބެލެވޭ ކާރެއް ފުރޮޅާލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުރޮޅާލި ޕޮލިސް ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.