Last Updated:
3 year 3 month ago

މިހާލަތުން ޕާޓީ އަރައިގަތުމަށް ގޮތެއް ހޯދަން އެބަޖެހޭ: ނަޝީދު

    ބުލޮގު ޚުލާސާ

    އެމްޑީޕީގެ ކޮންގްރެސްގެ މިއަދުގެ ސެޝަން ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ. މިރޭ 11:30 ވަންދެން މި ސެޝަން ކުރިއަށްދާނެއެވެ.

    11:19

    އެމްޑީޕީ ކޮންގްރެސްގެ މިއަދުގެ ސެޝަން މިހާރު ވަނީ މެދުކަނޑާލާފައި. ދެން އަލުން ފެށޭނީ 1:30 ގައި.

    10:18

    ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީން އިތުރު ޕާޓީތަކަކާއެކު ކޯލިޝަން ނެހެދޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް އެދިއްޖެ.

    ޝަރީފް ވިދާޅުވީ ކޯލިޝަން ހެދުމުން ކޮންމެ ސަރުކާރެއްގައި ވެސް މައްސަލަތަކެއް އުފެދޭ ކަމަށް.

    އޭނާ ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ނެހޭގޮތަށް އޮތުމުން އެމްޑީޕީއަށް ފަސޭހަވާނެ ކަމަށާއި އެކަމަކީ މުޅި ގައުމަށް ވެސް ހަމަޖެހުން ލިބޭނެ ކަމެއް ކަމަށް

    10:06

    ސަރުކާރުން އެކިއެކި ދާއިރާތަކުން ހާސިލުކޮށްފައިވާ ކަންކަން ކޮންގްރެސްއަށް ވަނީ ހުށަހަޅުއްވާފަ. "ފަޚުރުވެރި އާއިލާ" ޝިއާރުގެ ދަށުން ހާސިލުކުރެވިފައިވާ ކަންކަން ހުށަހަޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ.

    "އުދެއްދުންތެރި ޒުވާނުން" ޝުއާރުގެ ދަށުން ހާސިލުކުރެވިފައިވާ ކަންކަން ހުށަހަޅުއްވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް.

    "ވިލުންތެރި ރާއްޖެ" ޝިއާރުގެ ދަށުން ހާސިލުކުރެވިފައިވާ ކަންކަން ހުށަހަޅުއްވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ

    10:04

    ރައީސް ނަޝީދު ވިދާޅުވީ މުޅި ޕާޓީއާއެކު ނޫން ގޮތަކަށް އެމަނިކުފާނަށް 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބާއެކު "ތިބޭފުޅުންނާއެކު ނުނިކުމެވޭނެ" ކަމަށް.

    މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް

    އަޅުގަނޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ނެގީމަ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް. އަޅުގަނޑު އެއްގޮތަކަށް ވެސް ނޭދެން އެހެން ޕާޓީތައް ބައިވެގެން ދިޔައިރުގައި ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު އަޅުގަނޑުމެންގެ ޕާޓީއަކުން ނުފެންނާނެ އިރާދަކުރެއްވިއްޔާ
    10:00

    ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނޫނެކޭ ބުނަންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި

    09:58

    އެމަނިކުފާނު ހުށަހެޅުއްވި ގަރާރަކީ ބަރުލަމާނީ ނިޒާމް ގެނައުމާ ގުޅޭގޮތުން އެމްޑީޕީއަށް ފެންނަ ގޮތެއް ނިންމައިދިނުމަށް ހުށަހެޅުއްވި ގަރާރެއް ނޫން ކަމަށާއި އެމަނިކުފާނު ހުށަހެޅުއްވީ އެކަމާ ގުޅޭގޮތުން ދެކެނީ ކިހިނެތްތޯ ރައްޔިތުންގެ ކައިރީ އަހައިދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި

    09:55

    އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީ ކޮންގްރެސްއިން ފާސްކުރި ޕާޓީގެ މެނިފެސްޓޯގައި 18 މަސް ދުވަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ މަސައްކަތްތައް ފަށަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި. އެހެންނަމަވެސް އެއީ ކުރަންޖެހޭ ކަމެއް ކަމަށް ބައެއް މީހުން މިއަދު ނުދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވި.

    މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް

    މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް މުހިންމެއް ނޫން. އަޅުގަނޑުމެންނަށް މުހިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ޑޮމޮކްރެޓިކް ނިޒާމެއްގައި ވެރިކަންކޮށްދެވި، އެ މީހުންގެ އާންމު ހާލަތު ރަނގަޅުކޮށްދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދުން
    09:50

    މިއަދު އެމްޑީޕީ އޮތް ހާލަތުން އަރައިގަތުމަށް ގޮތެއް ހޯދަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި

    09:49

    މިއަދު ޕާޓީގެ ކަންކަން އޮތްގޮތަށް ބަލާއިރު 40،000 ވޯޓު އެމްޑީޕީއަށް ގެއްލޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި

    09:45

    ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއެކު އެމްޑީޕީއަށް ލިބޭނީ 112،000 ވޯޓު ކަމަށާއި ޕާޓީ ބައިބައި ވެއްޖެނަމަ އެ އަދަދަށް ވޯޓު ނުނެގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި

    09:44

    ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޕާޓީގެ ގިނަ މެންބަރުން އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި

    މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް

    އަޅުގަނޑުމެން މިތިބި ތަނުގައި ތިބެއްޖެނަމަ އަޅުގަނޑުމެންނަށް 2023 ކާމިޔާބެއް ނުކުރެވޭނެ
    09:41

    އެމްޑީޕީގެ ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިއަދާއި މާދަމާ އަކީ ވެސް ޕާޓީއަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ ކަމަށް ވިދާޅުވި

    09:41

    މިހާރު ކުރިއަށްދަނީ ކޮންގްރެސްމަނުންނާ މުޚާތަބުކުރައްވައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުން

    09:37

    އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒު ވަނީ ގައުމީ މަޖިލީހުގެ ރިޕޯޓް ހުށަހަޅުއްވާފައި. އެންމެ ފަހުން ބޭއްވި ކޮންގްރެސްއަށްފަހު ގައުމީ މަޖިލީހުން ކުރި މުހިންމު މަސައްކަތްތައް އެ ރިޕޯޓުގައި ހިމަނާފައިވޭ

    09:34

    މިވަގުތު ކޮންގްރެސްއަށް ހާޒިރުވެ ތިބީ 781 މެންބަރުން

    ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ޗެއާޕާސަން

    އަޅުގަނޑުގެ އުންމީދަކީ މި ކޮންގްރެސްގައި ހުށަހެޅިފައިވާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ތިބޭފުޅުން މަޝްވަރާކޮށް، އަޅުގަނޑުމެންގެ ޕާޓީ ކުރިއަށްދާނެ މަގުމަތަކެއް ކޮށަައިދެއްވުން
    09:27

    އެމްޑީޕީގެ ކޮންގްރެސްގެ މިއަދުގެ ސެޝަން ފެށިއްޖެ