Last Updated:
3 year 3 month ago

އެމްޑީޕީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ
    މިނިސްޓަރު ފައްޔާޒު

    ކޮންގްރެސްއަށް ހުށަހެޅިފައިވާ ގަރާރު، ނިޒާމާ ބެހޭ ގޮތުން، ތިބޭފުޅުން އެކަމާ ވެސް ރަނގަޅަށް ބަހުސް ކުރައްވާ ރަނގަޅު ނަތީޖާތަކެއް އޭގަ ނެރުއްވާނެ ކަމަށް [އުއްމީދު ކުރަން]
    22:35

    ރިޔާސީ ނިޒާމު ނުވަތަ ބަރުލަމާނީ ނިޒާމު ޚިޔާރު ކުރުމާ ބެހޭ ގޮތުން އަބަދުވެސް ޚިޔާލު ތަފާތު ވުން އޮންނާނެ ކަމަށާއި އެކަމަށް ޖާގަ ދޭނެ ކަމަށް ފައްޔާޒް ވިދާޅުވި

    22:31

    އެމްޑީޕީގެ ވެރިކަމުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކެނީ ރާއްޖޭގެ ރައްޔިތުންގެ ފިކުރަށާއި ސިޔާސަތަށް ގެނެވުނު ބަދަލުތަކަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި

    22:16

    ކޮވިޑްގެ ވަބާގެ ތެރޭގައި އާއި ބޮޑު ހަނގުރާމައެއްގެ ތެރޭގައި ވެސް، އެހެން ގައުމުތަކުން ވެސް ތައުރީފު ކުރާ މިންވަރަށް މި ސަރުކާރަށް ގައުމުގެ އިގުތިސާދު ދަމަހައްޓާލެވިއްޖެ ކަމަށް އަސްލަމް ވިދާޅުވި

    22:11

    އެމްޑީޕީން ދެން ބާއްވާ ކޮންގްރެސްއެއް އައްޑޫގައި ބޭއްވުމަށް އެ ސިޓީގެ ރައްޔިތުން އެދޭ ކަމަށް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި

    22:07

    2024އަކީ އެމްޑީޕީން ގިނަ އަދަދެއްގެ އަންހެނުން ރައްޔިތުންގެ މަޖިލީހަށް ހޮވާ އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެމްޑީޕީގެ އަންހެނުންގެ ރޫހުން އެކަމަށް ހާއްސަ އިސްކަމެއް ދޭން ނިންމާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި

    22:05

    އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް ވިދާޅުވީ ޑަބްލިޔުޑީސީގެ އެލަވަންސް ބޮޑުކުރުމަކީ އަންހެނުން ބާރުވެރިކުރުމަށް އެމްޑީޕީން އެޅި މުހިންމު ފިޔަވަޅެއް ކަމަށް

    22:01

    އެމްޑީޕީގެ އެންމެ އަސާސީ އެއް ބޭނުމަކީ އިލްމީ ބަހުސް ކަމަށާއި ނަތީޖާ ނެރޭނީ ބަހުސް ކޮށްގެން ކަމަށް ނަޝީދު ވިދާޅުވި

    21:53

    ރައީސް ނަޝީދު ވިދާޅުވީ ޕާޓިގެ ހުރިހާ މެންބަރު އެކުގައި ބައިތިއްބައިގެން ރައީސް ޞާލިޙަށް ކުރިއަށްވަޑައިގެންނެވޭނެ ކަމަށް އަދި އެ މަގުން ނޫން ގޮތަކަށް ކާމިޔާބު ހޯދެން ނެތް ކަމަށް

    ރައީސް ނަޝީދު

    ޕާޓީގެ އެއް ބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލު ނެތް ކަމަށް. ވެރިކަން މިކުރަމުން ގެންދާ ގޮތަށް އަޅުގަނޑުމެން ކުރަމުން ގެންދާންވީ ކަމަށް. ޕާޓީގެ އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ވާން ޖެހޭ ކަމަށް މި ރާއްޖޭގައި ވެރިކަން ކުރާ ގޮތާއި އަދި އެ ވެރިކަމުގެ ވައްޓަފާޅިވެސް އަދިވެސް ބަދަލުވާން ޖެހޭ ކަމަށް
    ރައީސް ޞާލިޙު

    އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ އަދި ތަފާތު ހިޔާލުތަކަށް ވެސް ޖާގަ އޮންނާނެ. ނަމަވެސް އޮތް ހަމަ އެކަނި ގޮތަކީ ހިޔާލު ތަފާތު ވުންތަކާއި ތަފާތު ހިޔާލުތަކާއެކު ކުރިއަށް ދިއުން.
    21:33

    އެމްޑީޕީގެ އެތެރޭގެ ހިންގުން ލާމަރުކަޒީ ކުރުމަށް އެދެވޭ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފައްޓަވާފައިވާ ކަމަށް ވިދާޅުވެ، ރައީސް ޞާލިޙު ޝުކުރު އަދާކުރެއްވި

    21:32

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަދައްކަވަން ފައްޓަވައިފި

    21:21

    މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކޮންމެ ބޮޑު ޕްރައިމައަކީ އެމްޑީޕީ މިހާރު އޮތްގޮތައް އޮތުމުގެ އަސްލު ކަމަށް. އަދި މަޝްވަރާ ކޮށްގެން ނިންމުންތައް ނިންމަން އަބަދުވެސް އެމްޑީޕީ އިސްކަންދޭ ކަމަށް.

    21:08

    އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒް އެދިލެއްވީ ކޮންގްރެސްގައި ނިންމާ ނިންމުމަކީ އެމީހަކަށް އެންމެ ކަމުދާ ނިންމުން ކަމަށް ނުވި ނަމަވެސް، އެއީ ޕާޓީގެ ނިންމުން ކަމަށް ބަލައިގަތުމަށް