18 Aug 2022, 14:09
އެންމެ ފަހުން ބޭއްވި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ބުނީ މިއަދު މެންދުރު 12:00އިން ފެށިގެން އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައިވާ ކަމަށެވެ.
ޑީޕީއީއިން ބުނީ އިމްތިހާނުގެ ނަތީޖާގައި މަައްސަލައެއް ވާނަމަ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިދިޔަ އަހަރު މުޅި ޖުމްލަ 5،900 ދަރިވަރުން ވަނީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައެވެ. އެއީ 239 ސެންޓަރަކުންނެވެ.
ފަހަކަށް އައިސް އޯލެވެލް އިމްތިހާނުގެ ނަތީޖާތައް ރަނގަޅުކަމަށް ފާހަގަކުރެވޭ އިރު ޑީޕީއީއިން ބުނީ ޖުމުލަކޮށް މިފަހަރުގެ ނަތީޖާތަކާ ބެހޭ ގޮތުން އެއްޗެކޭ ބުނަން އިނގޭނީ އިމްތިހާނުގެ ރީޗެކަށް ފަހުގައި ކަމަށެވެ.