ހުޅުމާލޭ އަތިރިމަތިން ނުރައްކާތެރި ޖެލީފިޝްތަކެއް ފެންނާތީ އެ ސަރަހައްދުގައި މޫދަށް އެރޭ މީހުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން އެދެފިއެވެ.

އެޗްޑީސީން ބުނީ "ބްލޫ ބޮޓަލް" ނަމަކަށް ކިޔާ މި ޖެލީފިޝް ހުޅުމާލެ ފޭސް އެކެއްގެ އަތިރިމަތިން އަދި ފޭސް ދޭއްގެ އަތިރިމަތިން ވެސް ފެންނަކަމަށެވެ.

މިއީ ވިހަގަދަ ޖެލީފިޝްއެއް ނޫނެވެ. ނަމަވެސް ގައިގައި މިބާވަތުގެ ޖެލީފިޝް ޖެހިއްޖެ ނަމަ ހިރުވާ، ގައި ރަތް ވާނެއެވެ.

ހުޅުމާލެ އަތިރިމަތިން 2020ވަނަ އަހަރުގެ ފަހުކޮޅު ވެސް ގިނަ އަދަދަކަށް ޖެލީފިޝް ފެނުނެވެ. އޭރު ފެނުނީ "ބްލޫ ބަޓަން ޖެލީ ފިޝް" ނަމަކަށް ކިޔާ ޖެލީފިޝްއެކެވެ. އެއީ ވެސް ވިހަގަދަ ޖެލީފިޝްއެއް ނޫނެވެ.