މޯލްޑިވުސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ ގޮޑިއަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

މީރާގެ ބޯޑުން ގޮޑިއެއް ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އައްބާސް އާދިލް ރިޒާ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އަކީ މިހާރު ސަރުކާރުގެ ސްޕޯކްސް ޕާސަން އެވެ.

ރައީސް އޮފީހުން ބުނީ ބޯޑުމެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ރައީސް އައްޔަންކޮށް ރައްޔިތުން މަޖިލީހުންގެ ރުހުމާ އެކު އެކުލަވާލާ މިރާގެ ބޯޑުގައި ތިބޭނީ ހަތް މެންބަރެކެވެ.
ޓެކެސް ނެގުމާއި ބެހޭ އިދާރީ ގާނޫނޫގެ ހަތަރުވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ މޯލްޑިވުސް އިންލެންޑް ރެވެނިއު އޮތޯރިޓީ ގެ ޑިރެކްޓަރުންގެ ބޯޑް އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި އެގާނުނޫގެ(ބ) ގައި ބުނެފައިވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑްގެ މެންބަރުން އަންޔަން ކުރަނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާއި އެކު ރައީސުލް ޖުމުހުރިއްޔާ ކަމަށެވެ.