15 Aug 2022, 19:47
ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ ގެއްލުންތަކެއް ވެެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގީ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށެވެ.
އެމްއެންޑީއެފްއަށް އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 14:09ހާއިރުއެވެ.
އެ ހާދިސާގައި ބަދިގޭގައި ހުރި ކަބަޑާއި އޭގައި ހުރި ބައެއް ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ބަދިގޭގެ ކަބަޑުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި --- ފޮޓޯ/ އެމްއެންޑީއެފް
ސިފައިން ވަނީ އެ އަލިފާން ނިއްވާލާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.