14 Aug 2022, 17:39
ތުރުކީގެ އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ ސެވަން ސްޓާސް ލަގްޒަރީ ހޮސްޕިޓާލިޓީ އެންޑް ލައިފްސްޓައިލް އެވޯޑަށް ރާއްޖޭގެ ބައެއް ކުންފުނިތަކާއި ރިސޯޓުތައް ނޮމިނޭޓް ވެއްޖެއެވެ.
އަންނަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ އެ އެވޯޑަށް ރާއްޖޭގެ 13 ރިސޯޓެއްވަނީ ނޮމިނޭޓު ވެފައެވެ. އެގޮތުން، ނޮމިނޭޓް ވެފައިވާ ރިސޯޓު ތަކަކީ:
އަމިއްލަފުށި
- އަޔާޑާ މޯލްޑިވްސް
- ކޮކޫން މޯލްޑިވްސް
- ފިނޮޅު
- ހުރަވަޅި
- ޖޭއޭ މަނަފަރު
- ކަނޑިންމަ މޯލްޑިވްސް
- ކަނުހުރާ
- ލަކްސް މޯލްޑިވްސް
- އޯޒެން ބައި އެޓްމޮސްފެއާ
- ދަ ރެޒިޑެންސް
- ސެއިންޓް ރެޖިސް ވޮއްމުލި
- ވެލާ ޕްރައިވެޓް އައިލެންޑް
މީގެ އިތުރުން އެ އެވޯޑުގެ ލަގްޒަރީ ޓުއާ އޮޕަރޭޓަރުގެ ކެޓަގަރީއިން، ރާއްޖޭގެ ޓުއާ އޮފަރޭޓަރެއް ކަމުގައިވާ ލެޓްސް ގޯ މޯލްޑިވްސް ވަނީ ނޮމިނޭޓުވެފައެވެ.
ސެވަން ސްޓާސް އެވޯޑުގެ ޗެއާމަން ޚަލީލް އަލް މުއަލްޙީ ވިދާޅުވީ ކޮވިޑަށް ފަހު، އަލުން އެވޯޑާ ގުޅޭ އިވެންޓުތައް ފުރިހަމައަށް ބޭއްވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.
"މުޅި ދުނިޔެ ބަލިމަޑުކަމުން އަރައިގަންނަމުން ދާއިރު، އަޅުގަނޑުމެންގެ އަމާޒަކީ ލަގްޒަރީ ހޮސްޕިޓާލިޓީ އަދި ލައިފްސްޓައިލް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް، ބައިނަލްއަގުވާމީ ސްޓޭޖެއްގައި ފެނިލުމުގެ ފުރުސަތު ދިނުން," އޭނާ ވިދާޅުވިއެވެ.
މި އެވޯޑު ހަފްލާ އެންމެ ފަހުން ބޭއްވީ 2019ވަނަ އަހަރު ގްރީސްގެ ވޮލިއަމެނީގައެވެ. އޭގެ ފަހުން، ފާއިތުވި ދެ އަހަރު ވެސް މި އެވޯޑު ބާއްވާފައިވަނީ އޮންލައިން ކޮށެވެ.