13 Aug 2022, 15:50
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގައި ވިލާގެ ސްޓޯލުން އެ ކުންފުނިން އެތެރެކުރާ އުފެއްދުންތަކުގެ ތެރެއިން، "ޝެލް" ބްރޭންޑުގެ ހާއްސަ އުފެއްދުންތަކެއް ދައްކާލައިފިއެވެ.
މިއަހަރުގެ އެކްސްޕޯގެ އޮފިޝަލް ލުބްރިކަންޓް ޕާޓްނަރުގެ ގޮތުގައި ބައިވެރިވާ، ވިލާ ހަކަތައިގެ ޑިރެކްޓާ އޮފް ސޭލްސް ބާސިލް ނަފީސް ވިދާޅުވީ ޝެލްގެ އުފެއްދުންތަކުގެ ފަސް ރޭންޖެއް އެ ފެއާގައި ދައްކަމުންދާ ކަމަށެވެ. އެގޮތުން ޝެލް ބްރޭންޑުގެ ޕަވާ ޖެނެރޭޝަން، މެރިން، ހައިޑްރޯލިކް ލޭންޑް ޔޫޒް އަދި ތިމާވެއްޓާ ރައްޓެހި ލޯ ސަލްފާ ރޭންޖުގެ އުފެއްދުންތައް އެ ސްޓޯލުން ފެންނަން އެބަހުއްޓެވެ.
އެ އުފެއްދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޝެލްގެ އާރް4 އެކްސް15ޑަބްލިއު- 40 މަލްޓި ގްރޭޑް 20 ލީޓަރުގެ ޓައްޕެވެ. އެ އުފެއްދުމަކީ ކަނޑު އުޅަނދު ފަހަރުތަކާއި، ޕަވާ އިންޖީނިއަރިންގ އަށް ހާއްސަ އަޑީ ތެލެކެވެ. އޭގެ ސަބަބުން އިންޖީނުގެ މެއިންޓެނަންސްއަށް ކުރާ ހަރަދު ކުޑަކޮށްދީ، ދަބަރާއި އެސިޑު ކޮންޓްރޯލްކޮށްދެއެވެ.
ވިލާ ހަކަތައިގެ ސްޓޯލުގައި ޑިސްޕްލޭކޮށްފައި ހުރި ފިލާގެ ބައެއް ބާވަތްތައް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"އަޅުގަނޑުމެން ކުރިން ގެންގުޅުނީ 209 ލީޓަރުގެ ފީފާއާ 4 ލީޓަރުގެ ހަމާ. މި ފަހަރު އަޅުގަނޑުމެން މެރިން އެކްސްޕޯގައި އޭގެ 20 ލީޓަރު މި ތައާރަފުކުރަނީ" ބާސިލް ވިދާޅުވިއެވެ.
މީގެ އިތުރުން ވިލާ ޓިމްބާގެ ބައެއް އުފެއްދުންތައް ވެސް ވިލާގެ ސްޓޯލުގައި ދައްކާލާފައިވެއެވެ. އެގޮތުން، އެކި ބާވަތްތަކުގެ ފިލާގެ ހުރިހާ ސައިޒެއް އެ ސްޓޯލުން ފެންނަން އެބްހުއްޓެވެ.
ވިލާ ހަކަތައަކީ ޝެލް ބްރޭންޑުގެ އުފެއްދުންތަކަށް ރާއްޖޭގެ އޮތޮރައިޑް ޑިސްޓްރިބިއުޓަރެެވެ.