10 Aug 2022, 11:10
ސޯޅަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ރޭގެ ވަގުތެއްގައި ލ. މާމެންދޫ ފަރަށް އަރައިފިއެވެ.
ފަރަށް އަރާފައިވަނީ މާލެއިން އައްޑޫއަށް ދަތުރުކުރަމުންދިޔަ "ނިއުލައިން" ކިޔާ ބޯޓެކެވެ.
އެ ބޯޓު މާމެންދޫގެ އުތުރުފަރާތު ފަރަށް އެރި ކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ ރޭ 03:25 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ އެ ބޯޓުގައި ހުރި މުދާތައް މާމެންދުއަށް ބޭލުމުގެ މަސައްކަތް މިއަދު ހެނދުނު 08:15 ހާއިރު ފަށާފައިވާ ކަމަށާއި އެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެެއް ބޭލުމަށް ފަހުގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.