09 Aug 2022, 02:01
ޗެލްސީއަށް ދިމާވެފައިވާ ގޯލުޖުހެމުގެ މައްސަލަ ހައްލުކުރުމަށް 2020 ވަނަ އަހަރު އެ ޓީމަށް ގެނައި ޓީމޯ ވާނާ ލޯނު އެއްބަސްވުމެއްގެ ދަށުން އެނބުރި ލެއިޕްޒިގްއަށް ބަދަލުވެއްޖެއެވެ.
ވާނާ ލެއިޕްޒިގް ދޫކޮށް ޗެލްސީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެެއްގެ ދަށުންނެވެ.
ނަމަވެސް ވާނާ ޗެލްސީއަށް ބަދަލުވެ އެ ޓީމަށް އެންމެ އެދޭވޭ ކުޅެމެއް އަދި ދެއްކިފައެއް ނުވެއެވެ. ހުސްފުރުސަތުތައް ބޭކާރު ކުރާ ކުޅުންތެރިއެއްގެ ގޮތަށް ސިފަކުރާ ވާނާއަށް އެ ޓީމުގެ ސަޕޯޓަރުން ވަރަށް ނަފްރަތުކުރެއެވެ.
ކުޅިވަރުގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ ވާނާ ލެއިޕްޒިގްއަށް ބަދަލުވުމަށް މެޑިކަލް ޓެސްޓުތައް ހެދުމަށް މިހާރު ޖަރުމަށް ގޮސްފައިވާކަމަށެވެ.
އޭނާ ވިދާލާފައިވަނީ ލެއިޕްޒިގްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެނާ އެ ޓީމަށް ކުޅުނު އެންމެ ފަހު ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވާނާ ވަނީ އެ ސީޒަނުގައި ލެއިޕްޒީގަށް 45 މެޗުން 34 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެ ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކެއްގެ ލޯ އޭނާއަށް އޭރު ވަނީ އަމާޒުވެފައެވެ. މެންޗެސްޓާ ސިޓީގެ އިތުރުން ލިވަޕޫލުން އޭނާ މަސައްކަތް ކުރި ނަމަވެސް އޭނާ ބަދަލުވީ ޗެލްސީއަށެވެ.