Shiaau maraalumuge thuhumathugai Shaahil hayyarukuri iru huree masthuge haalathugai
Shiaau maraalumuge thuhumathugai Shaahil hayyarukuri iru huree masthuge haalathugai

Last Updated:
3 year 4 month ago

ޝިއާއު މަރާލުމުގެ ތުހުމަތުގައި ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި

    ބުލޮގު ޚުލާސާ
    17:15ޢާއިޝަތު ފިރުޝަތު

    ޝިއާއު މަރާލި ކަމަށް ތުހުމަތުކުރެވޭ ޝާހިލް މިހާތަނަށް ކުށަށް އިއުތިރާފުވެފައިނުވާ ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި

    17:12ޢާއިޝަތު ފިރުޝަތު

    ހ. ޝީރީން ވިލާގައި، ޏ. ފުވައްމުލައް މާލެގަން، ކުރި، ޝިއާއު މުހައްމަދު ސައީދު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ދިރިއުޅުނު ކޮޓަރި ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި

    17:11ޢާއިޝަތު ފިރުޝަތު

    ޝިއާއު މަރާލި މައްސަލާގައި މިވަގުތު ތުހުމަތު ކުރެވެނީ ޝާހިލް އަށް އެކަނި ކަމަށް ވެސް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި

    17:10

    ކުށުގެ ވެށިން ޝާހިލް ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި

    17:08

    ޝިއާއު މަރާލި ސަބަބު ހާމަކުރަން އަދި ދަތި ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި

    17:06ޢާއިޝަތު ފިރުޝަތު

    ޝިއާއުއަށް ހަމަލާދިން ކަމަށް ބެލެވޭ ހަތިޔާރު ވަނީ ކުށުގެ ވެށިން ފެނިފައި ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި

    17:00ޢާއިޝަތު ފިރުޝަތު

    ޝިއާއުއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު މިވަގުތު ހާމަކުރަން ބޭނުމެއް ނޫން ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި

    ނިލަންދޫ ކައުންސިލް މެންބަރެއް

    މިރަށު ރަޖިސްޓްރީގައި އޭނާ އޮންނަކަން އެކަނި. މިރަށުގައި އެއްއިރެއްގައި ވެސް ދިރިއުޅުނު މީހެއް ނޫން ޝާހިލް އަކީ
    16:55

    ޝާހިލް ދަންނަ މީހުން ބުނާގޮތުގައި އޭނާ އަކީ މީގެކުރިން ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުދިންނަށް އަނިޔާ ކޮށްފައިވާ މީހެއް ކަމަށް. އެކަމަކު ޝިއާއު އަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖެއް ނޫން ކަމަށް އޭނާ ދަންނަ ބައެއް މީހުން ވަނީ ބުނެފައި

    16:51

    ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ކުށުގެ ވެށިގެން 22 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި. ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް، 22،

    ޝާހިލްގެ ބައްޕައަކީ ނިލަންދޫ މީހެއް ކަމަށް ވިޔަސް އޭނާގެ މަންމަ އަކީ ފުވައްމުލަކަށް ނިސްބަތްވާ މީހެއް

    16:49

    ތޫނުއެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރިކޮށް ޏ. ފުވައްމުލައް، މާލެގަން، ކުރި ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ