28 Mar 2012, 13:35
މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަން ގާއިމު ކުރަން ފަށާފައިވާ ރޯޑް ސޭފްޓީ އޮޕަރޭޝަންގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 312 ވެހިކަލެއް ބަލައި ފާސްކޮށްފި އެވެ.
ފުލުހުން ބުނީ އެ ހާއްސަ އޮޕަރޭޝަންގައި އޭގެ ތެރެއިން 14 މީހެއްގެ ލައިސަންސް ކާޑާމެދު ފިޔަވަޅު އަޅައި ނުރައްކާތެރިކޮށް ދުއްވި ހަ ވެހިކަލެއް ޓޯކޮށްފައިވާ ކަމަށެވެ. އެ ވެހިކަލްތައް ވެރިފަރާތްތަކާއި ހަވާލުކުރާނީ އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުގެ މަތިން ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ ނުރައްކާތެރިކޮށް ދުއްވި ހަ ވެހިކަލް ޓޯކޮށްފައި ވަނީ މާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާ ވެހިކަލްތައް ހުއްޓުވައި ބަލާ ފާސް ކުރުމެ ތެރޭގައި ކަމަށެވެ.
މިހާރަކަށް އައިސް ދަންވަރު ގަޑީގައި މާލޭގެ މަގުތައް މަތީގައި ބާރު ސްޕީޑެއްގައި ސައިކަލް ދުއްވުން ވަނީ އިތުރުވެފައެވެ.