Last Updated:
1 decade 4 year ago

ތޮމްސަންގެ ބޯޓަކަށް މައްސަލައެއް ދިމާވެ އިމަޖެންސީގައި ޖައްސައިފި

    ބުލޮގު ޚުލާސާ
    *** އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް އިމަޖެންސީގައި ހާލަތަކަށް ގެނެސްފި އެވެ. އެކަން އެމްއެންޑީއެފުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

    އެއާޕޯޓްގެ ބައެއް އޮފިޝަލުން ވިދާޅުވަނީ އެއާޕޯޓްގައި އިމަޖެންސީ ޑެކްލެއާ ކުރީ މިއަދު ހެނދުނު އެއާޕޯޓުން ފުރި ބޯޓެއް އިމަޖެންސީވެގެން ޖައްސަން ބޭނުންވުމުން ކަމަށެވެ. ސަން އަށް މައުލޫމާތު ލިބޭ ގޮތުގައި ފުރި ފަހުން މައްސަލައެއް ދިމާވި ތޮމްސަން އެއާވޭސްގެ 189 ގެ ބޯޓު ދާދި ދެންމެއަކު ވަނީ ލޭންޑްކޮށްފަ އެވެ. ބޯޓު މިވަގުތު އޮތީ ރަންވޭގެ ކޮޅުގައި މަޑުކޮށްފައެވެ. ބޯޓަށް ދިމާވީ ހާދިސާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

    12:30

    އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އިނގިރޭސި ވިލާތުގެ މެންޗެސްޓާއަށް ދަތުރު ކުރި ތޮމްސަން 189 ގެ ފުލައިޓް އިމަޖެންސީގައި އެއާޕޯޓަށް މިއަދު މެންދުރެއް ހާއިރު ޖައްސައިފި އެވެ.

    ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ފްލައިޓްގައި ގާތްގަނޑަކަށް 230 އެއްހާ ފަސިންޖަރުން ދަތުރު ކުރިކަމަށާއި ފްލައިޓް އިމަޖެންސީގައި ރަންވޭއަށް ޖެއްސި ނަމަވެސް އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

    އަދި މަތިންދާ ބޯޓް ޖެއްސި އިރު ބޯޓަށް ވެސް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވާކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

    މަތިންދާ ބޯޓް ރަންވޭއަށް ޖެއްސިއިރު ރަންވޭ އިމަޖެންސީ ހާލަތަކަށް ގެނައި ކަމަށް އެމްއެން ޑީއެފުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް ފްލައިޓް ޖެއްސުމާއި އެކު އިމަޖަންސީ ހާލަތުން އެއާޕޯޓް މިހާރު އާދައިގެ ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

    ސަންއަށް މައުލޫމާތު ދެއްވި އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ ބޯޓް އިމަޖެންސީގައި ޖެއްސީ ޓެކްނިކަލް މައްސަލއެއް ކުރިމަތިވުމުގެ ސަބަބުން ކަމަށާއި ރަންވޭއަށް ބޯޓް ޖެއްސުމުގަ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

    ފްލައިޓާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ތޮމްސަންގެ ރާއްޖޭގެ އެޖެންޓާއި ގުޅާލުމުން އެފަރާތުން ބުނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިޔާ އަށް ހިއްސާ ކުރަން ބޭނުންނުވާ ކަމަށެވެ. އިބުރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓުގެ މީޑިޔާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

    މި

    12:17

    12:04

    ބޯޓް ޖައްސާފައި ވަނީ ބޯޓުގެ ފިއުލް ވަރަށް ބޮޑަށް މަދު ކުރުމަށްފަހު. އިމެޖެންސީކޮށް ލޭންޑްކުރީ މާލެ އިން އިނގިރޭސި ވިލާތުގެ މެންޗެސްޓާ އަށް ދަތުރުކުރި ތޮމްސަން އެއާވޭސްގެ ބޯޓެއް.
    11:57ޓްރާންސްޕޯޓް މިނިސްޓަރު، (އެސްއެމްއެސް މެދުވެރިކޮށް)

    ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ދާދި ދެންމެއަކު ވިދާޅުވީ އެއާޕޯޓް އިމަޖެންސީ ހާލަތަކަށް އައީ އިމަޖެންސީކޮށް ލޭންޑްކުރި ފްލައިޓްގެ ކޮމިއުނިކޭޝަން ފޭލިއާއެއްގެ ސަބަބުން ކަމަށް. ތަފުސީލެއް ނުދެއްވާ.