ނ. ވެލިދޫ ސިއްހީ މަރުކަޒު ގޯތި ތެރޭގައި ހުރި ޖަގްޝަނެއްގެ ތެރެއިން ވިހެއުމަށް ފަހު ނޫނީ އެބޯޓްކޮށްލުމަށްފަހު އެއްލާލައިފައިވާ ކުއްޖެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުން އެކަން ތަހުގީގުކުރަންފަށައިފި އެވެ.

ރަށު ކައުންސިލުގެ ރައީސް މުހަންމަދު އާދިލް މިއަދު ވިދާޅުވީ ޖަގްޝަންތެރެއިން ކުއްޖެއްކަމަށް ޝައްކުކުރެވޭ އެތި ފެނުނީ ފެން ނުގޮސްގެން ޖަކްޝަން ބެލިއިރު ކަމަށާއި އެ އެއްޗެއް ނެގިއިރު އެއީ ކުއްޖެއްކަން ނޭންގޭ ކަމަށެވެ. އަދި ބުނީ ޑޮކްޓަރު އެއީ ކުއްޖެއްކަމަށް ބުނާ ކަމަށްވެސް އާދިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖަކްޝަން ތެރޭގައި އެ އެއްޗެއް އޮންނަތާ ދެތިން ދުވަހެއް ވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވާ ކަމަށެވެ.

"ޖަގްޝަން ބެދިގެން އުޅޭތީ ބެލިއިރު ފެނުނީ. އޭރު ނޭނގޭ ކުއްޖެއް ކަމެއް. ޝައްކުރެވުނީ. ޑޮކްޓަރު ބައްލަވާފައި އަޅުގަނޑު ކައިރީ ވިދާޅުވި އެއީ ކުއްޖެކޭ" އާދިލް ވިދާޅުވި އެވެ.

އެ ރަށު ސިއްހީ މަރުކަޒު ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ ސިއްހީ މަރުކަޒުގެ ޖަކްޝަނެއް ތެރެއިން ވިހާފައި ނޫނީ އެބޯޓްކޮށްލުމަށް ފަހު އެތްލާލައިފައި އޮތް ކުއްޖެއްކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. އެ ފެނުނީ 5:30 އެހާއިރުކަމަށްވެސް ފުލުހުން ބުނެ އެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުންބުންޏެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ އެ ކުއްޖާ އަކީ ބަޑަށް ތިން މަހުގައި އެބޯޓްކޮށްލާފައިވާ ކުއްޖެއް ކަމަށް ބެލެވޭ ކަމަށާއި އެ ޖަކްޝަނަކީ ބޭރުންމަތި ނެގޭގޮތަށް ހަދާފައިހުރިތަނެއް ކަމަށެވެ.