ޕީޕީއެމްގެ ފިޔަވަޅު އަޅާކޮމިޓީތަކަށް މެމްބަރުން ހޮވައިފިއެވެ.

އެގޮތުން މެމްބަރުން ހޮވާފައިވަނީ ސުލޫކީ ފިޔަވަޅު އަޅާ ކޮމެޓީއަށާއި ސުލޫކީ އެންމެ ފަހުގެ ނިންމުން ނިންމާ އިސްތިއުނާފް ކޮމިޓީއަށެވެ.

ސުލޫކީ ފިޔަވަޅު އަޅާ ކޮމިޓީއަށް ހޮވި މެމްބަރުން

  • އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ
  • މާލެސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު
  • ފާތިމަތު ޝާމުނާޒު އަލީ ސަލީމް
  • ކުރީގެ މެޖިސްޓްރޭޓް ޙުސްނީ މުބާރަކު
  • އަޙްމަދު ނާޒިމް (ހެރިންސް އަންމަޑޭ)
  • ފުވައްމުލަކު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރަފީގް ހަސަން

ސުލޫކީ އެންމެ ފަހުގެ ނިންމުން ނިންމާ އިސްތިއުނާފް ކޮމެޓީއަށް ހޮވި މެމްބަރުން

  • ގާނޫނީ ވަކީލު އާދަމް އާސިފް
  • ކުރީގެ މެޖިސްޓްރޭޓް މުޙައްމަދު ރާޣިބް އަޙްމަދު
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީންއާންމު އަޙްމަދު މުޙައްމަދު
  • ގާނޫނީ ވަކީލު މުޙައްމަދު ޝަހުނީމް
  • ގާނޫނީ ވަކީލު ހުސައިން ފުވާާދު

އެ ދެ ކޮމިޓީއަށް އަލުން މެންބަރުން އައްޔަން ކުރީ ޕީޕީއެމްގެ ހަރަކާތްތަކާއި ހިންގުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށްޓަކައެވެ.