އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބަލައިލެވޭނެއެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސް "ބާމިންހަމް 2022" ފެށުނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ މުބާރާތުގެ އެކި ހަރަކާތްތައް އަންނަ އޯގަސްޓް މަހުގެ އަށްވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސް އަކީ މިހާތަނަށް ރާއްޖެ ތަމްސީލުކުރާ އެންމެ ގިނަ ކުޅުންތެރިން ބައިވެރިވާ ފަހަރެވެ. މިފަހަރުގެ ގޭމްސް ގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރު ތަކަކީ:

  • އެތުލެޓިކްސް

  • ބެޑްމިންޓަން
  • ފެތުން
  • ބީޗް ވޮލީ
  • ޓޭބަލް ޓެނިސް

މި ކުޅިވަރުތައް ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ޗެނަލްތައް:

  • ސޮނީ ސިކްސް

  • ސޮނީ ޓެން 2
  • ސޮނީ ޓެން 4
  • ޓެން ސްޕޯޓްސް ޕާކިސްތާން

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް މަހަކު 350 ރުފިޔާގެ ބޭސިކް ޕެކޭޖަކާއެކު މި ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން، މުނިފޫހި ފިލުވުމުގެ އިތުރު ޗެނަލް ތަކާއި، ވީޑިއޯ އޮން ޑިމާންޑުގެ އުފެއްދުންތައް ބަލައިލެވޭނެއެވެ.

މީގެ އިތުރުން ދިރާގު ޕްލޭ އެޕް މެދުވެރިކޮށް މަހަކު އެންމެ 65 ރުފިޔާއަށް މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އެ މުބާރާތް ބަލައިލެވޭނެއެވެ.