29 Jul 2022, 17:00
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް ސައްތާރުގެ ބަންދާމެދު ގޮތެއް ނިންމަން އއ. ރަސްދޫ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެ ކޯޓުން މިއަދު ޖެހީ ހަތް ދުވަހެވެ.
ނާޒިމް ސައްތާރު ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރު އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައެވެ. އެކަމުގެ ވީޑިއޯތަކެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ފުލުހުން ނާޒިމް ހައްޔަރުކުރީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.
ނާޒިމްގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށްވާ އަބްދުއްރަހްްމާން ރަފީއުއެވެ.