ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވައިފި އެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު މރ. އޭކޭ އެންތަނީގެ ދަޢުވަތަކަށް ޑިފެންސް މިނިސްޓަރު ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ބަދަހިކޮށް، އަސްކަރީގޮތުން ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކުރެއްވުން ކަމަށެވެ.

މިނިސްޓަރު ނާޒިމްގެ އަރިހުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް އަދި ޑައިރެކްޓާ ޖެނެރަލް އޮފް އިންޓެލިޖެންސް ބްރިގޭޑިއާ ޖެނެރަލް، އަހުމަދު ޝާހިދާއި ޕްރިންސިޕަލް ޑައިރެކްޓާ އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން ލެފްޓިނަންޓް ކާނަލް، އިބްރާހިމް ހިލްމީ ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއީ ޑިފެންސްމިނިސްޓަރުކަމާ ނާޒިމް ހަވާލުވެ ވަޑައިގެންވިފަހުން ފުރަތަމަ ފަހަރަށް ރައްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅެވެ.