27 Jul 2022, 15:30
އިންޑޮނޭޝިއާއިން އޮން އެރައިވަލް ވިސާ ދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.
މިއަދުން ފެށިގެން އިންޑޮނޭޝިއާގެ އޮން އެރައިވަލް ވިސާ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެއެވެ.
އެކަން އިއުލާނުކުރައްވައި އިންޑޮނޭޝިއާއިން އޮން އެރައިވަލް ވިސާ ދޭ ގައުމުތަކުގެ ލިސްޓުގައި މިފަހަރުވެސް ރާއްޖެ ހިމަނާފައިވާތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު، ރެޓްނޯ މަރުސުދީއަށް ޝުކުރުދަންނަވާފައެވެ.
އިންޑޮނޭޝިއާ އަކީ ރާއްޖޭގެ މީހުން އެކި ބޭނުންތަކުގައި އަބަދުވެސް ދަތުރުކޮށް އުޅޭ ގައުމަކަށްވާއިރު، ވިޔަފާރީގެ އެކި ކަންކަމުގައި ގިނަ ދިވެހިން އެ ގައުމަށް ދާކަން ފާހަގަކޮށްލެވެއެވެ.
އިންޑޮނޭޝިއާގެ އިތުރުން އެހެން ގިނަ ގައުމުތަކަކުންވެސް އޮން އެރައިވަލް ވިސާ ރާއްޖެއަށްދެއެވެ.