އޭޑިކޭގައި މީހަކު ވިހޭ ކުއްޖަކު މަރުވި މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަން ފެށީ އެކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށާއި ވިހާފައި ވަނީ ކައިވެންޏަށް ތިން މަހުގައި އެކަމަކު ދުވަސް ފުރާ ކަމަށެވެ. ތުއްތު ފިރިހެންކުއްޖާ މަރުވެފައި ވަނީ މިއަދު ހެނދުނު އާދައިގެ މަރަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަރުވި ކުޑަކުއްޖާގެ ނޭފަތުގެ ދެ ފަރާތުގައި ރަތް ކުލައިގެ ނިޝާންތަކެއް ހުރިކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެއީ އާދައިގެ މަރެއް! އެކަމަކު ފުލުހުން ގޮސް މަރު ފޯމު ފުރަން ބެލިއިރު އެ ދެމީހުން [ކުއްޖާގެ މަންމައާ ބައްޕަ] ކައިވެނި ކޮށްފައިވަނީ މީގެ ތިންމަސް ކުރިން އެކަމަކު ކުއްޖާއަކީ ދުވަސްފުރާ ވިހެއި ކުއްޖެއް،" ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. މިހާދިސާ ގުޅިހެން އޭޑީކޭގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކައިވެނި ކޮށްގެން އުޅޭ އަންހެނަކު ސިއްރުން ގަލޮޅު ގެއެއްގެ ފާހަނާ ތެރެއަށް ވިހެއި މައްސަލަ އެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ވަނީ ފެންމަތިވެފަ އެވެ.